މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ އިޢުލާނު ނަންބަރު (IUL)94-Q/94/2024/19 އިޢުލާނުގެ މަޢުލޫމާތު އިތުރަށް ފުރިހަމަކުރުމަށްޓަކައި، މި ދެންނެވުނު އިޢުލާނު ބާތިލްކުރުމަށްފަހު އަލުން، މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް 20 ހައި ބެކް އޮފީސް ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް.
އިޢުލާން
ޕްރޮޖެކްޓް ނަންބަރު: PC-942024W-18
އަންދާސީ ހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ އިޢުލާނު ނަންބަރު (IUL)94-Q/94/2024/19 އިޢުލާނުގެ މަޢުލޫމާތު އިތުރަށް ފުރިހަމަކުރުމަށްޓަކައި، މި ދެންނެވުނު އިޢުލާނު ބާތިލްކުރުމަށްފަހު އަލުން، މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް 20 ހައި ބެކް އޮފީސް ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 24ޖޫން 2024 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- ބީލަން ހުށައެޅުން އޮންނާނީ 03 ޖުލައި 2024 ވާ ބުދަ ދުވަހުގެ11:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ، 1 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330476, +960 3330402
އީމެއިލް : [email protected]
ކޮޕީ : [email protected]
24 ޖޫން 2024
ހޯދާ