ދިވެހިރާއްޖެ
ސެކިއުރިޓީ ރޫމް އިމާރާތްކުރުން:
މި މަރުކަޒުގައި ސެކިއުރިޓީ ރޫމެއް އިމާރާތްކުރަން ބޭނުންވެއެވެ. ސެކިއުރިޓީ ރޫމް އިމާރާތްކުރުމާބެހޭ މަޢުލޫމާތު ކަރުދާސް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަންކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަރުކަޒުގެ ނަންބަރު GS24/IUL/2015/15ފ(27 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 21 މޭ 2015 (ބުރާސްފަތި) ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި  | 
 28 މޭ 2015 (ބުރާސްފަތި) ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި  | 
24 ރަޖަބު 1436
