ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ފެންޕްލާން ބިން، ވިޔަފާރި ބޭނުމަށް ކުއްޔައް ދިނުން.

ކުރީގެ ފެންޕްލާންޓް ހުރި ބިން ކުއްޔަށް ދިނުމަށް ކުރެވުނު މިއިދާރާގެ (IUL)384-A/2024/18 ނަމްބަރ އިޢުލާން ބާޠިލްކޮށް، އަލުން މިބިމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިބިން ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގެ މަތިން ''ކެފޭ/ރެސްޓޯރެންޓް'' ހިންގުމަށެވެ. މިބިން ކުއްޔަށް ދޫކުރެވިގެންދާނީ 20 އަހަރުގެ މުއްދަތަށެވެ.

ބިމާއިގުޅޭ މަޢުލޫމާތު:

  • ބިމުގެ ބޮޑުމިން: 53×70 (3710 އަކަފޫޓް)
  • ވަށާފާރު: ނެތް                    
  • ބިން އޮތްތަން: މަޑިފުށީ ޕޮލިސްޓޭޝަންގެ ހުޅަނގުން ( އިޢުލާނާއެކު ސަރަހައްދު ޗާޓެއް ޢާއްމު ކުރެވިފައިވޭނެ)
  • މި ބިމުގައި 315އަކަފޫޓްގެ ޢިމާރާތެއް އެބަހުރި ( ހިޔާކޮށް،ސިމެންތިޖަހައި، ސީލިންގ ކޮށްފައި )
  • ޢިމާރާތް ހުރީ ދޮރުތައް މަރާމާތުކޮށްލައިގެން ބޭނުން ކުރެވޭ ޙާލަތުގައި..
  • ބީލަމުގައި ބައިވެރިވުން:

މިބިން ކުއްޔަށް ދޫކުރުމަށް އަގު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު ޢުޞޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވެވޭނީ ޑިޕޮސިޓްގެ ގޮތުގައި -/1000ރ ( އެއްހާސް ރުފިޔާ ) ދެއްކުމަށް ފަހުގައެވެ. ޑިޕޮސިޓްގެ ގޮތުގައި ދައްކާ ފައިސާ ބީލަން ނިމުމުން، ބީލަމުގައި ބައިވެރިވި ފަރާތްތަކަށް ދޫކުރެވޭނެއެވެ. ނަމަވެސް ބީލަން ކާމިޔާބު ވުމަށްފަހު، ބީލަން ދޫކޮށްލާނަމަ އެފަރާތެއްގެ ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެއެވެ. މިބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖައްސަވައި ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 08:00 އިން 13:00 އަށް މިއިދާރާ އަށެވެ. އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ފޮނުވަންވާނެއެވެ. މެއިލް ކުރައްވާނަމަ [email protected] އަށެވެ.

ބީލަން ފެށޭ އަގާއި ބީލަން ކާމިޔާބުކުރުން

 މި ބިން ކުއްޔަށް ދޫކުރުމަށް ފެށޭ އަގަކީ މަހު ކުލީގެ ގޮތުގައި އަކަފޫޓަކަށް 1.00 (އެއްރުފިޔާ )އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު 0.5 ( ފަސްލާރި ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގައި ލިބޭ އަގުތައް އެދުވަހުގެ 14:00 ގެ ފަހުން ކައުންސިލްގެ އިދާރާއިން ނޯޓިސް ޢާންމުކުރާ ބޯޑުތަކުގައި ޢާންމުކުރެވޭނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތުގެ މަޢުލޫމާތު ކައުންސިލަށް ހުށަހެޅުމަށްފަހު އެފަރާތަކާއިއެކު ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން މިބިން ކުއްޔަށް ދޫކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށްހިފާ ފަރާތުން  2މަހުގެ ކުލި ދައްކަންޖެހޭނެއެވެ.

 ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ 6780034 އަށެވެ.

23 ޖޫން 2024
ހޯދާ