އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް

(IUL)38-AC/38/2024/408 :ނަންބަރު

އިޢުލާން

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު: 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކުރަމެވެ.

ލޯގޯ

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

 

ޝަމްނޫޒް މުޙައްމަދު ނަޢީމް، ފަގުޑި/  ހދ. ކުޅުދުއްފުށި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ފަގުޑި/  ހދ. ކުޅުދުއްފުށި

ކެންޑިޑޭޓު ނަންބަރު 1

އިބްރާހީމް އަޙްމަދު، ވަވަތި / ހދ. ކުޅުދުއްފުށި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

ކެންޑިޑޭޓަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވާނެ އެޑްރެސް: ވަވަތި / ހދ. ކުޅުދުއްފުށި

ކެންޑިޑޭޓު ނަންބަރު 2

15 ޖޫން 2024
ހޯދާ