އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން (20 ޖުލައި 2024) -ކެންޑިޑޭޓުންގެ ގުރުއަތުނެގުން

(IUL)38-AC/38/2024/404 :ނަންބަރު

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން

20 ޖުލައި 2024

2024 ޖުލައި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.  

ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން

ދާއިރާ

ތަން

ތާރީޚު އަދި ދުވަސް

ގަޑި

މާލެ ސިޓީ ކައުންސިލް މެންބަރު

(ހެންވޭރު ހުޅަނގު ދާއިރާ)

(މައްޗަންގޮޅި މެދު ދާއިރާ)

(ހުޅުމާލެ ދާއިރާ)

އިލެކްޝަންސް ކޮމިޝަން

(ދެވަނަ ފަންގިފިލާ، މީޓިންގ ރޫމް)

15  ޖޫން 2024، ހޮނިހިރު

11:00

ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު (ކުޅުދުއްފުށި އުތުރު ދާއިރާ)

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާ

15  ޖޫން 2024، ހޮނިހިރު

11:00

ފ. ބިލެތްދޫ ކައުންސިލް ރައީސް

ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ

15  ޖޫން 2024، ހޮނިހިރު

11:00

ރ. ރަސްމާދޫ ކައުންސިލް މެންބަރު

(އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި)

ރ. ރަސްމާދޫ ކައުންސިލްގެ އިދާރާ

15  ޖޫން 2024، ހޮނިހިރު

11:00

އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.

14 ޖޫން 2024
ހޯދާ