ދިވެހިރާއްޖެ
އިޢުލާން
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) ކުޅިވަރު މީޑިއާއަށް މީހުން އަހުލުވެރިކުރުވައި ތަމްރީންކުރުމުގެ މަޤުސަދުގައި ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ކޯހުގައި ދަސްކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޓީވީ އަދި ރޭޑިއޯ ކުޅިވަރު ޕްރޮގްރާމް ހުށެހެޅުމާއި، ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމް އުފެއްދުމުގެ ހުނަރުތަކާއި، ކުޅިވަރު ކޮންޓެންޓް ތައްޔާރުކުރުމުގެ އިތުރުން ކުޅިވަރުގައި މާކެޓިންގެ މުހިންމުކަން ހިމެނެއެވެ. މި ކޯހުގައި ކިވައިދެއްވާނީ ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރެކެވެ. މި ކޯހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކޯހުގެ ނަން:ސެޓްފިކެޓް 1 އިންސްޕޯޓްސް މީޑިއާ އެންޑް މާކެޓިންގ ކޯސް |
މުއްދަތު:3 ހަފްތާ (ފުލް ޓައިމް) |
ކޯސް ފެށޭ ތާރީޚް: 30 ޖޫން 2024 |
ކޯހުގެ ފީ: ހިލޭ |
ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) / މާލެ |
ކޯހުގެ ޖާގަ: 25 |
ކޯހުގެ ޝަރުތު: ހ. އުމުރުން 16 އަހަރު ވެފައިވުމާއިއެކު ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުމާއެކު އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އިނގުން. ށ. ނުވަތަ ޢުމުރުން 16 އަހަރު ވެފައިވުމާއިއެކު އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އިނގުން. |
އެޕްލިކޭޝަން ފޯމް ލިންކް: https://forms.gle/Mgq8AvrqehVVJUdm6 |
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 21 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. |
ނޯޓް: ހ. މިކޯހަށް ބައިވެރިން ހޮވުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ކުޅިވަރު ދާއިރާގައި މަސައްކަތްކުރާ ފަރާތަތްކުގެ އިތުރުން ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ފަރާތަތްކަށް އިސްކަންދެވޭނެ އެވެ. ށ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3347339 އަށް ގުޅުއްވުން އެދެމެވެ. |