ދިވެހިރާއްޖެ
މި ކޯޕޮރޭޝަނަށް މާރކެޓިންގ އަދި ޕަބްލިކް ރިލޭޝަންސްގެ ޚިދުމަތް ފޯރު ކޮށްދޭނ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަދި ތަޖުރިބާ ލިބިފައިވާ، އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ޓަރމްސް އޮފް ރިފެރެންސް ނުވަތަ މަޢުލޫމާތު ކަރުދާސް މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި
ސަމާލުކަން ދެއްވުމަށް: އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
އޮފީސް އެޑްރެސް: މ. އައިރިސް (7 ވަނަ ފަންގިފިލާ)، އޯކިޑްމަގު، މާލެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.
13 ޖޫން 2024މ.