މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
1445 ގެ އަޟްހާ އިދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި މިމިނިސްޓްރީއިން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

އިޢުލާން

1445 ގެ އަޟްހާ އިދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި މިމިނިސްޓްރީއިން

ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

            އަޟްހާ އީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި މިމިނިސްޓްރީއިން ޢާއްމުންނާ ވިޔަފާރިތަކަށް ދެމުން ގެންދާ ޚިދުމަތް ދިނުން ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1-      ވިޔަފާރިއާ ބެހޭ ޚިދުމަތް

ވިޔަފާރިއާބެހޭ ޚިދުމަތަށްއެދި ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ، 2024 ޖޫން 18 އަދި 19 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށެވެ.

2-      ފޮރިން އިންވެސްޓްމަންޓާ ބެހޭ ޚިދުމަތް

ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ޖޫން 18 އަދި 19 ވަނަ ދުވަހުގެ 09:00 އިން 12:00 އަށް އީމެއިލް  ([email protected]) ނުވަތަ  3333182 އަށް ގުޅުއްވުން އެދެމެވެ.

13 ޖޫން 2024
ހޯދާ