ދިވެހިރާއްޖެ
މި އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން އަތޮޅުގެ އަންހެނުންނަށް އަމާޒުކޮށްގެން "ތިލައުތުރު ވޮލީ މުބާރާތް - 2024" ނަމުގައި ވޮލީ މުބާރާތެއް 2024 ނޮވެންބަރު 15 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ހޯސްޓް ކުރުމާއި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ގެންދަން ބޭނުންވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް : https://forms.office.com/r/YU5Tv2GvjT ބޭނުން ކުރުން އެދެމެވެ.
ތަފްޞީލް |
ތާރީޚާއި ގަޑި |
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް |
27 ޖޫން 2024 ، 13:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
11 ޖުލައި 2024 ، 13:00 |
ޕްރޮޕޯސަލް ހުށަހެޅުން |
25 ޖުލައި 2024، 13:00 |
މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، މި ކައުންސިލްގެ އީމެއިލް [email protected] އަށް ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.