މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު -މި މިނިސްޓްރީގެ ދަށުންހިންގާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން 5 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ބޭވުމަށް 24 އަދި 25 ޖުލައި 2024 ވަނީ ހަމަޖެހިފައިއެވެ. މި 2 ދުވަހަށް ކޭޓަރިން ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ދަށުންހިންގާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން 5 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ބޭވުމަށް 24 އަދި 25 ޖުލައި 2024 ވަނީ ހަމަޖެހިފައިއެވެ. މި 2 ދުވަހަށް ކޭޓަރިން ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަށް 01 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ،3339255،3028703،3028700  އަދި 3322242 ނަންބަރު ފޯނަށެވެ.

13 ޖޫން 2024
ހޯދާ