ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި މިނިސްޓްރީގެ ދަށުން ހިގަމުންދާ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި އައިޓީ އާއި ގުޅުންހުރި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)459-PL/459/2024/41 ( 07 މެއި 2024 ) އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލު އައިސްފައިވާތީ، އެއިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.
މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 25 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްޓަކައި ބިޑް ރަޖިސްޓްރޭޝަން ލިންކް އަށް ކްލިކް ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ސޭވް ކުރުމަށްފަހު ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށައެޅުއްވުން |
27 ޖޫން 2024 |
ބުރާސްފަތި |
10:00 |
ޢިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ (އުމަރު ޒާހިރު އޮފީސް ބިލްޑިންގ، |