މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު -މި މިނިސްޓްރީގެ ދަށުންހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަށް 40 އަހަރު ފުރުމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕެނެލް ޑިސްކަޝަން އާއި ރޭގަނޑު ފަރިއްކޮޅު ބޭއްވުމަށް ބޭނުންވާ ހޯލާއި، ކޭޓަރިންގެ އަދި އޯޑިއޯވިސުއަލް އިންތިޒާމްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ދަށުންހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަށް 40 އަހަރު ފުރުމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕެނެލް ޑިސްކަޝަން އާއި ރޭގަނޑު ފަރިއްކޮޅު ބޭއްވުމަށް ބޭނުންވާ ހޯލާއި، ކޭޓަރިންގެ އަދި އޯޑިއޯވިސުއަލް އިންތިޒާމްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ  ޖުލައި 24 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:00 އިން 22:00 އަށެވެ. ވީމާ މިހަރަކާތް އިންތިޒާމް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތް ތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 01 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ،3339255،3028703،3028700  އަދި 3322242 ނަންބަރު ފޯނަށެވެ.

13 ޖޫން 2024
ހޯދާ