ދިވެހިރާއްޖެ
އިޢުލާން
"އައްޑޫ އީދިސަމާ 1445" ހަރަކާތްތަކުގެ ތެރެއިން އީދި ގަލާ ޓްރެޝަރ ހަންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
1445 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 16 ޖޫން 2024 އިން 22 ޖޫން 2024ގެ ނިޔަލަށް 7 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1445" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން "އީދިގަލާ ޓްރެޝަރ ހަންޓް" ގެ ނަމުގައި ޓްރެޝަރ ހަންޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޓްރެޝަރ ހަންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށެވެ.
މިރޭހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޖުމްލަ 5 މީހުންގެ މައްޗަށް ހިމެނޭ 12 ޓީމަށެވެ. މި ހަރަކާތުގައި ބައިވެރިވާ ޓީމް މެންބަރުންނަކީ ގިނަވަގުތު ހަރަކާތްތެރިވެވޭ ވަރުގެ ފަރާތްކަށް ވާންޖެހޭނެއެވެ. މިމުބާރާތުގެ ވަނަތަކަށް ހަމަޖެހިފައިވަނީ:
1 ވަނަ އިނާމު: 15،000 ރުފިޔާގެ ފާއިސާގެ އިނާމް
2 ވަނަ އިނާމު: 10،000 ރުފިޔާގެ ފާއިސާގެ އިނާމް
3 ވަނަ އިނާމު: 5،000 ރުފިޔާގެ ފާއިސާގެ އިނާމް
މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ހަރަކާތުގެ އުސޫލު މި އިއުލާނާއެކު ހިމަނާފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 13 ޖޫން 2024 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. މި ހަރަކާތުގެ ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ މި އިއުލާނާއި އެކު އެކުލަވާލެވިފައިވާ އޮންލައިން ގޫގުލް ފޯމުންނެވެ.
ގޫގުލް ފޯމް: https://docs.google.com/forms/d/e/1FAIpQLSdu_GpdE-y9wfhaVrI2HmfOel4O8amd4rn-NK5ukRQOgzXIWQ/viewform
މިމުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
06 ޛުލްޙިއްޖާ 1445
12 ޖޫން 2024