ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/7035 ރުފިޔާ (މަހަކު)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ  1

ރޭންކް: އެމް. އެސް. 3

ސަރވިސް އެލަވަންސް: -/2000 ރުފިޔާ (މަހަކު)

ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށްދޭ ޢިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ވަޒީފާގެ މައިގަނޑު މަސައްކަތްތައް:

- ރަސްމީ މަސައްކަތާއި، ނުރަސްމީ މަސައްކަތްތަކުގައި ރޭވިފައިވާ އުސޫލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.

- ސަރުކާރުގެ ފައިސާއާބެހޭ ޢާންމު ޤަވައިދުތަކާއި ހަމަތަކުގެމަތިން ސްކޫލް ހިންގުމުގެގޮތުންނާއި ކިޔަވައިދިނުމާ ގުޅޭގޮތުން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރުމާއި، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިންގާ ނުހިނގާގޮތް ބެލެހެއްޓުން.

- ސްކޫލުގެ ބަޖެޓުން ކުރެވޭ އެކިއެކި ޚަރަދުތައް، އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓަކުން ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ކުރުން.

- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.

- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ ކަންތައް ބެލެހެއްޓުން.

- ސްކޫލުގައި ބޭއްވޭ ބައިނަލްއަޤްވާމީ އިމްތިޙާނުތަކާބެހޭ އިދާރީ އެންމެހައި މަސައްކަތައް ރާވައި ބެލެހެއްޓުން.

- ދަރިވަރުންގެ ކަތައްތަކުގެ ކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

- ދުވަހުގެ ޔައުމިއްޔާއާއި ބައްދަލުވުންތަކުގެ ޔައުމިންޔާތައް ކުރިއަށްގެންދާގޮތް ބެލެހެއްޓުން.

- ސްކޫލުގެ އިދާރީ ކަންކަމާގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

- ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބަލައި، އެ މުވައްޒަފުންގެ މަސައްކަތް އޮބްޒާވްކުރުން.

- އެޑްމިން މުވައްޒަފުންނާއި މަސައްކަތު މުވައްޒަފުންގެ ވަޒީފާބަޔާނުގައި އެ މުވައްޒަފުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުން ގެންދޭތޯ ބެލުން.

- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައްތައް ބެލުން.

- ސްކޫލުގެ އެންމެހައި ޢިމާރާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.

- ސްކޫލުގެ އެންމެހައި ޢިމާރާތްތަކާއި، ސްކޫލްގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެގޮތުން އެކަންކަމާ ޙަވާލުވެތިބޭ މުވައްޒަފުން އެކަންކަން ކުރަމުންގެންދޭތޯ ބެލުން.

- ސްކޫލުގެ އިންވެންޓްރީއާއި ސްޓޮކާގުޅޭ މަސައްކަތްތައް، އެކަންކަމާ ހަވާލުވެތިބޭ މުވައްޒަފުން އެ މަސައްކަތްތައް ކުރަމުންގެންދާގޮތް ބެލެހެއްޓުން.

- ސްކޫލުގެ ހޯލާއި، ސްކޫލުގެ އެހެނިހެން ތަންތަން އެކިފަރާތްތަކަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

- ސްކޫލްގައި ބޭއްވޭ ޚާއްޞަ ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން އެހީތެރިވުން.

- އެޑްމިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މަސައްކަތު މުވައްޒަފުންގެ އެޕްރައިޒަލް ފޯމް، އަހަރުފެށުމުން ޓާގެޓް ކަނޑައަޅައި، އަހަރު ނިމުމުން މުވައްޒަފުންނަށް ފީޑްބެކްދީ، މާކްސްދީ، ފޯމް ފުރިހަމަކޮށް، އެޗް.އާރު ސެކްޝަނާ ހަވާލުކުރުން.

- ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގައި އެހީވުން:

- އެކި މަޤާމުތަކަށް އެންމެ އެކަށީގެންވާ މުވައްޒަފުން ހޮވުމާއި، ވަޒީފާއިން ވަކިކުރުމުގައި އިސްވެ އުޅުން.

- މުވައްޒަފުންގެ ހާޒިރީ ޤަވައިދުން ބަލަހައްޓައި، މުވައްޒަފުންގެ ހާޒިރީ ރިޕޯޓު މަހަކު އެއްފަހަރު ބަލައި، ރިޕޯޓު ހެދުމުގައި އެހީތެރިވެދިނުން.

- މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، ސިވިލް ސަރވިސްގެ ޤަވައިދުގައިވާ މުއްދަތުތަކަށް ކޮންމެ މުވައްޒަފެއްގެ ފެންވަރުބަލާ ފޯމްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

- މުވައްޒަފުންނާބެހޭ ހުރިހާ މަޢުލޫމާތެއް ބަލައްހައްޓައި، މުވައްޒަފުންގެ ޗުއްޓީގެ ހުރިހާ ކަންކަމާއި، މުސާރައާބެހޭ ކަންކަމާއި، މުވައްޒަފުން އެއް އޮފީހުން އަނެއްފީހަށް ބަދަލުކުރުމުގެ ކަންތައްތަކާއި، މުވައްޒަފުންގެ ޕެންޝަނުގެ ކަންތަކުގައި އެހީތެރިވެދިނުން.

- މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެގޮތުން މުވައްޒަފުންގެ މަސައްކަތްތަކަށް ތަޢުރީފުކޮށް،  އަގު ވަޒަންކުރުން.

ސްކޫލް ހިންގުމުގައި އިސްވެއުޅުން:

- ސްކޫލުގެ ކަންތައްތައް ކުރިޔަށްގެންދާނެގޮތުގެ ޕްލޭން ތައްޔާރުކުރުމުގައި އިސްވެއުޅުން.

- ސްކޫލުގެ ކަންތައްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަޝްވަރާއެއްކޮށް، އެކަންކަން ތައްފީޒުކުރުމުގައި އިސްވެ އުޅުން.

- ސްކޫލުގެ އެކިކަންކަން ރާވައި ހިންގުން ފުރިހަމަކުރުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.

މުޢާމަލާތްކުރުން

- މުވައްޒަފުންގެ މަސައްކަތްތަކާއި އަޚްލާޤީ ކަންކަމުގެ މަޢުލޫމާތު މުވައްޒަފުންނާއި ހިއްސާކޮށް ޙައްލުކުރުން.

-  މުދައްރިސުންގެ ސުލޫކީ މިންގަނޑުގެދަށުން އެހެން މުވައްޒަފުންނާ އޮންނަ ގުޅުން ހަރުދަނާކޮށް، ސްކޫލުގެ ކުރިއެރުވުމަށް މަސައްކަތްކުރުން.

-  ސްކޫލުން ކަނޑައަޅާ ލަނޑުދަނޑިތައް ހާޞިލުކުރުމަށް މެނޭޖްމަންޓަށާއި ސްކޫލުގެ މުވައްޒަފުންނަށް އެއްބާރުލުން ދިނުން.

އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން:

- އިތުރު ހަރަކާތްތަކާއި ސްކޫލުން ރާވާ އިންތިޒާމުކުރާ ޖަލްސާތަކާއި ބައްދަލުވުންތަކަށް (މީޓިންގ، ކޯރޑިނޭޝަން، ޝެއަރިންގ، ޕާރފޯމެންސް އިވެލުއޭޝަން، ޑިސްކަޝަން، ސްޓާފްމީޓިންގ) ގަޑިނުޖެހި ހާޒިރުވެ ބައިވެރިވުން.

- ސްކޫލުން ރާވާ އިންތިޒާމުކުރާ ވޯކްޝޮޕް ސެޝަންތަކުގައި ފުރިހަމައަށް ބައިވެރިވުން.

-  ކިޔަވައިދިނުމާ ގުޅުންހުރި ކަންކަމުގައި ސްކޫލުން ދެވޭ ފުރުޞަތުތަކުގައި ބައިވެރިވެ، އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުން.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި، ސެކްޝަން:

ބިލެއްދޫ ސްކޫލް، ފ. ބިލެއްދޫ، އެޑްމިން ސެކްޝަން

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ، ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލްތަކަށެވެ. މި މިންގަނޑުތަކާއި އުސޫލްތައް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން           (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ. 

- މަޤާމަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ، A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން، އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލުފަރާތް ކަމުގައި ކަނޑައަޅއިގެންނެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު (އިންޓަވިއުކޮށްގެން ބަލާ ކަށަވަރުކުރާ ބައި)

އިންޓަވިއު ކުރުން:

އިންޓަވިއު އޮންނަ ތަނާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ލިބިފައިވަ ތަޢުލީމީ ސަނަދާއި  ފާސްތަކުގެ ކޮޕީ (އެކްރެޓިޑްކޮށް، އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދަކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާއޮފީހުގެ ލިޔުމެއް.

- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ "މުވައްފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު." (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް، މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

- ހުށައަޅާ ލިޔުންތަކުގެ ލިސްޓު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ގެ ކުރިން،   މަތީގައި ބަޔާންކޮށްފައިވާ ލިއުންތަކާއެކު، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު، ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ގަޑީގައި، ބިލެއްދޫ ސްކޫލުގެ 7952913 ނަންބަރު ފޯނާއެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ