ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ދ. މީދޫ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.
މަޤާމް |
މަސައްކަތު |
|||
ބޭނުންވާ އަދަދު |
1 |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: SS.1 |
|
މުސާރަ |
މަހަކު -/3100 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
ރިސްކް އެލަވަންސް: ނުކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ |
||
ޑިވިޜަން/ ސެކްޝަން |
އެޑްމިން |
|||
ވަޒިފާ އަދާކުރަންޖެހޭ ތަން |
ދ. މީދޫ ޞިއްޙީ މަރުކަޒު، ދ. މީދޫ |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތް |
1. މަރުކަޒުން ސަރުކާރުގެ އެހެން އިދާރާތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ހަވާލުކުރުން. 2. މަރުކަޒުގެ އިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުން. 3. މަރުކަޒުގެ ރަސްމީ ދިދަ (ޤައުމީ ދިދަ) ނަގައި ތިރިކުރުން. 4. މަރުކަޒުގެ ބަޖެޓުން ތަކެތި ހޯދަންޖެހޭ ޙާލަތްތަކުގައި ފިހާރަތަކަށް ގޮސް އަގުބެލުން. 5. މާލެއާއި އަތޮޅުތެރެއިން މަރުކަޒަށް ގެންނަ ތަކެތި އުފުލުމުގައި އެހީތެރިވުން. 6. މަރުކަޒުގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތަކަށް ފެންދީ، ވިނަނޮޅައި، ސާފުކުރުން. 7. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ، އޮފީހުގެ މަސައްކަތް ކުރުން. |
|||
ތަޢުލީމާއި ތަޖުރިބާ |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
|||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
|||
ޢިނާޔަތްތައް |
ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|||
ހުށައަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ދ. މީދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ. މީގެ ތެރޭގައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްގެން ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައއް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
|||
ސުންގަޑި |
2015 މޭ 27 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ދ. މީދޫ ޞިއްޙީ މަރުކަޒަށް. |
|||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން |
28 މޭ 2015 އާއި 27 ޖޫން 2015 އާ ދެމެދު ދ. މީދޫ ޞިއްޙީ މަރުކަޒުގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6760044 ނަންބަރު ފޯނަށް ނުވަތަ 6760087 ނަންބަރު ފޯނަށެވެ. |
29 ރަޖަބު 1436