ދިވެހިރާއްޖެ
މި ކައުންސިލަށް މާލޭ ސަރަހައްދުން ހޯދަން ބޭނުންވާ ޚިދުމަތްތައް ހޯދުމުގަޔާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ކައުންސިލްގެ އެޖެންޓެއްގެ ގޮތުގައި ޙަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
2024 ޖޫން 24 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ https://forms.gle/NFeuJeCM2XRXiqQv6 މެދުވެރިކޮށް ރަޖިސްޓްރީ ކުރުން ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމަނުއްވަން ވާނެއެވެ. - އިޢުލާން ނަންބަރު (ކޮން އަންދާސީ ހިސާބެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް) - ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން (އަމިއްލަ ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ) - ރަޖިސްޓްރީ ނަމްބަރު - ގުޅޭނެ ފޯނު ނަންބަރު - އީމެއިލް އެޑްރެސް - ބީލަމާއި ގުޅޭގޮތުން މުއާމަލާތު ކުރާނެ ފަރާތެއްގެ ނަން |
ބީލަން ހުށަހެޅުން |
2024 ޖޫން 26 ވާ ބުދަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
މިބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.