ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2024-24
މަޤާމް: އޮފިސަރ
ސެކްޝަން: ކޭސް މެނޭޖްމަންޓް އެންޑް ކޮންޓްރެކްޓިންގ(އެމްޕެނަލްމެންޓް)
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި އަދި އިނގިރޭސި ހިމެނޭގޮތަށް 2 މާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އަލަށް އެމްޕެނަލް ވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަތުމާއި އަދި ކަޑައެޅިފައިވާ އުސޫލުގެ މަތިން އެޕްލިކޭޝަންތައް ޕްރޮސެސް ކުރުން.
- ޚިދުމަތް ދިނުމުގައި ބޭނުންކުރާ ލިސްޓްތައް (މެޑިސިން ލިސްޓް އަދި ސަރވިސް ލިސްޓް) ބެލެހެއްޓުން، އަދި ގުޅުންހުރި ޕޯޓަލްތައް އަޕްޑޭޓް ކުރުން.
- ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ފާރމަސީތަކުން ދޭ ޚިދުމަތްތައް ބަލައި އިންސްޕެކްޓްކުރުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުން އަދި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން.
- ޚިދުމަތްދޭ ފަރާތްތަކާއިއެކު އެގްރީމެންޓް ހެދުމާއި އެގްރީމެންޓް އައު ކުރުމުގެ މަސައްކަތް ކުރުން.
- ޚިދުމަތްދޭ ފަރާތްތަކަށް ޕޯޓަލްތައް ބޭނުންކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގުން.
- ކަމާބެހޭ އިދާރާތަކާއި، ޚިދުމަތްދޭ ފަރާތްތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް ކުރުން.
- ސެކްޝަންގެ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ޑިސްޕެޗް ކުރުމާއި، ލިޔެކިޔުންތަކާއި ގުޅޭ ރެކޯޑްސް ފައިލްކޮށް ބެލެހެއްޓުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
މުސާރައާއި އިނާޔަތް:
- -/13،200.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 22 ޖޫން 2024 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން.
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.