ދިވެހިރާއްޖެ
ހޮސްޕިޓަލުގެ ގޯތިތެރެ އަދި ވަށައިގެންވާ ސަރަހައްދު ސާފުކުރުމާއި ބަގީޗާ ހައްދާ ބެލެހެއްޓުމުގެ މަސައްކަތް 02 (ދޭއް) އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖޫން 2024 ، އަންގާރަ އިން ފެށިގެން 19 ޖޫން 2024 ، ބުދަ ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މި ޢިއުލާނާއި ގުޅޭ ބިޑްފޯރމް، އެނެކްސް 1 އަދި މަޢުލޫމާތު ޝީޓް ރެޖިސްޓަރވާ ފަރާތްތަކަށް އީ.މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. ޢިއުލާނާއި ގުޅޭ އެހެން ލިޔެކިޔުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް 24 ޖޫން 2024 ، ހޯމަ ވަނަ ދުވަހުގެ 13:00 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފެރެންސް ހޯލްގައި މައުލޫމާތު ސެޝަނެއް ބޭއްވޭނެއެވެ. މަސައްކަތަށް ޝައުގުވެރިވެ ރަޖިސްޓްރީ ކުރައްވާ އެންމެހައި ފަރާތްތަކުން މިބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 27 ޖޫން 2024 ، ބުރާސްފަތި ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.