ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީކައުންސިލްގެ މުނިސިޕަލް ސައިޓްގެ ވަށައިފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ތިނަދޫ ސިޓީ ކައުންސިލްގެ މުނިސިޕަލް ސައިޓްގެ ވަށައިފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ޙިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފްކުރުމަށް ރަޖިސްޓަރ ކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރެޖިސްޓަރ ކުރައްވާ ހުރިހައި ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާ އެކު ރަޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ޙިސާބު ހުށަހެޅުން އޮންނާނީ 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ޙިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރެޖިސްޓްރޭޝަން މުއްދަތު |
11 ޖޫން 2024 – 27 ޖޫން 2024 |
|
13:00 |
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ/އީމެއިލް |
ބީލަން ހުށަހެޅުން |
11 ޖުލައި 2024 |
ބުރާސްފަތި |
11:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
05 ذو الحِجّة 1445