ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 21 އޮކްޓޫބަރު 2014 ގައި ކުރެވުނު IUL)197-A1/1/2014/49) ނަންބަރު އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއު ނުކުރެވި ގިނަދުވަސްވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހުން ހޯދަން އަލުން އިޢުލާނު ކުރަމެވެ.
އެސިސްޓެންޓް ލީގަލް އޮފިސަރ |
މަޤާމް |
|
LS 2 |
މަޤާމުގެ ރޭންކް |
|
2 (ދޭއް) |
ބޭނުންވާ އަދަދު |
|
ސުޕްރީމް ކޯޓް |
މަސައްކަތްކުރަންޖެހޭ ތަން |
|
-/9412 ރުފިޔާ |
އަސާސީ މުސާރަ |
|
- ސަރވިސް އެލަވަންސް -/3000 ރުފިޔާ (ތިންހާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %65 - ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ - އެހެނިހެން އެލަވަންސްތައް. |
މި މަޤާމަށް ލިބޭ އެލަވަންސް |
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
އަސާސީ ޝަރުޠު |
|
1. ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އަސްލު. 3. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން އެކްރިޑިޓްކޮށް ތައްގަނޑުޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުގެ ކޮޕީ. 4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީގެ އަސްލު. |
ހުށަހަޅަންޖެހޭ ތަކެތި |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުވުން އެދެމެވެ. |
ސުންގަޑި |
|
- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. - މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް، މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި މި ކޯޓުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ. - މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 7 ޖޫން 2015 އިން ފެށިގެންނެވެ. |
އިތުރު މަޢުލޫމާތު |
25 ރަޖަބު 1436