ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 20 ޖަނަވަރީ 2015 ގައި ކުރެވުނު IUL)197-A1/1/2015/1) ނަންބަރު އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއު ނުކުރެވި ގިނަދުވަސްވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް މީހުން ހޯދަން އަލުން އިޢުލާނު ކުރަމެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

GS 3

މަޤާމުގެ ރޭންކް

2 (ދޭއް)

ބޭނުންވާ އަދަދު

ސުޕްރީމް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/4465 ރުފިޔާ

އަސާސީ މުސާރަ

- ސަރވިސް އެލަވަންސް -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) 

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %50

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- އެހެނިހެން އެލަވަންސްތައް.

 

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު،

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

- ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 

އަސާސީ ޝަރުޠު

1. އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން  ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ހަމަޖެއްސުން.

2. އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން  ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެބޭފުޅުންގެ ޕްރޮޓޮކޯލް ބެލެހެއްޓުމުގެގޮތުން އެބޭފުޅުންގެ އަރިހުގައި ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރުން.

3. އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންވާ އިދާރީ ކަންކަމާއި ޕްރޮޓޮކޯލާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.

4. އޮފީހުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖެއިން  ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެއާޕޯޓަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.(މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

 

 

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މިކޯޓަށް ފޮނުވުން އެދެމެވެ.

ސުންގަޑި

1. މި މަޤާމަށް ހުށަހެޅޭ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން،  ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެއްމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ.

2. އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސް ލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް، މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި މި ކޯޯޓުގެ ރިސެޕްޝަން ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.

4. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، 7 ޖޫން 2015 އިން ފެށިގެންނެވެ.

 

 

އިތުރު މަޢުލޫމާތު

25 ރަޖަބު 1436

14 މޭ 2015
ހޯދާ