ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި އުތުރު ފަރާތުން ހަދަމުންދާ މަގުގައި ހުރި ރުއްގަހާއިގުޅޭ؛

ގދ. ހޯނޑެއްދޫގައި އުތުރު ފަރާތުން ވަށައިގެން ހަދަމުންދާ (ހައުސިންގ ޔުނިޓް ސަރަހައްދުން ކޯރާނޑޭކޮޑާ ސަރަހައްދަށް) މަގުގައި 1 އިން 136 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވައެވެ.

ވީމާ، އެސަރަޙައްދުތަކުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަނގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް) އާއި ހިރުނދު ގަސް (ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް) އެގޭނެގޮތަށް 2024 ޖޫން 30 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުތަކުގެ ޗާޓެއް މިއިޢުލާނާއިއެކު ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

10 ޖޫން 2024
ހޯދާ