ދިވެހިރާއްޖެ
މިސެންޓަރުގެ ނަންބަރު (IUL)177/1/2024/5 (04 ޖޫން 2024) އިޢުލާން އަށް ޙަވާލާދީ ދަންނަވަމެވެ.
މި އަހަރުގެ އަލްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ ސްޓޭޖް ޝޯގައި ސަގާފީ ނެށުން އަދި މިއުޒިކް ހުށަހަޅައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސީވީ / ޕްރޮފައިލް ހުށަހެޅުމަށް އިޢުލާންކޮށްލެވުނުކަމުގައި ވީނަމަވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ އެފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، ސަގާފީ ނެށުން އަދި މިއުޒިކް 16 ޖޫން 2024 ވަނަ ދުވަހު ބާއްވާ ސްޓޭޖް ޝޯގައި ހުށަހަޅައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސީވީ / ޕްރޮފައިލް [email protected] އަށް 11 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3310729 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.