ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢްލާން

ވަޒީފާގެ ފުރުޞަތު:

ދ.މާއެނބޫދޫ ވޭސްޓް މެނޭޖް މަންޓް ސެންޓަރގައި، ވޭސްޓް މެނޭޖް މަސައްކަތްތައް ކުރުމަށް  ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓެކްޓް އުޞޫލުން މަސައްކަތް ކުރާނެ މީހުން ބޭނުން ވެއްޖެއެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް

 

ބޭނުންވާ އަދަދު:

02

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 2 އަހަރު

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ

 

މުސާރަ:

3100.00 ރުފިޔާ.

 

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ.

 

އެހެނިހެން އެލަވަންސް:

  • ސަޕޯޓީންކޯ އެލަވަންސް: މަހަކު 1200.00 ރުފިޔާ.
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު 1085.00 ރުފިޔާ.
  • މިނިމަމްވޭޖް އެލަވަންސް: މަހަކު 835.00 ރުފިޔާ

 

މަޤާމުގެ އަސާސީ ޝަރުޠުތައް:

   ލިޔަން ކިޔަން އެގުން.

ނޯޓް:

  ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

 

 

  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.    ނުވަތަ،
  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.       ނުވަތަ،
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފާ އާއި އިރުޝާދުގެމަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. މަސައްކަތު ދުވަސްދުވަހު ނިކުންނެވުމަށް ހަމަޖެހިފައިވާ ގަޑީގައި އިދާރާއަށް ނިކުމެ ޗެކް-އިން ވުމަށްފަހު ކުނިކޮށްޓަށް ނިކުތުމާއި މަސައްކަތު ގަޑި ނިމުމުން އިދާރާއަށް ދުރުވެ ޗެކް-އައުޓް ވުން.
  4. ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން ޕިކަޕްގައި ގޭގޭދޮށަށް ގޮސް އުކާލަންޖެހޭކުނި ނެގުމާއި އިޖުތިމާޢީ ސަރަޙައްދުތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކުގައި ހުންނަ ކުނި ނަގައިގެން ކުނިކޮށްޓަށް ގެންދިޔުން.
  5. ކުނި އުކާލުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ގޭގެއިން ގެންނަ ފަތްކުނި/އަނދާޒާތުގެ ކުނިތައް ކުނިކޮށީގައި އެދުވަހެއްގެ ކުނި އެދުވަހަކު ރައްކާތެރިގޮތެއްގައި އެންދުމާއި ނެޕީފަދަ ތަކެތި ނައްތާލުން. މިގޮތަށް ކުނި ނައްތާލުމުގެ މަސައްކަތް ކުރާއިރު އެއްވެސް ވަރަކަށް މޫދަށް ކުނި ނޭޅުން.
  6. ކުނި އަންދާ އަށިގަނޑުގެ ދަށުގައި އަޅި ގިނަވިޔަނުދީ ބަލަހައްޓާ ސާފުކުރަމުން ގެންދިޔުން.
  7. ކުނިމެނޭޖް ކުރުމަށް ބޭނުންކުރާ މެޝިނަރީޒް ބޭނުން ކޮށްގެން ކުނި ނައްތާލުމާއި، އަދި ކޮއްޕެކްކޮށް ބެއިލްކުރުން، އަދި ޝްރެޑް ކުރުން.
  8. ގޭގެއިން ގެންނަ ކުނި އަޅަންވީ ތަން ކުނި ގެންނަ ފަރާތްތަކަށް އެންގުމާއި ބެލެހެއްޓުން.
  9. ކުނި އުކާލުމަށް ހަމަޖައްސާފައިވާ ގަޑިތަކުގެ އިތުރުން އެހެން ދުވަހެއް/ގަޑިއެއްގައި ކުނި އުކާލުމަށް ކައުންސިލް ނުވަތަ އާންމު ފަރާތަކުން ބޭނުންވެއްޖެނަމަ ކުނިކޮށްޓަށް ކުނި ގެންދިޔުމުގެ ހުއްދަ ދިނުމާއި ކުނި ގެންދާ ވަގުތު ކުނިކޮށްޓަށްގޮސް ކުނި އަޅާގޮތް ސްޕަވައިޒް ކުރުމާއި ކުންޏާއި ގުޅޭ އުޞޫލުގައިވާ ގޮތުގެމަތިން މިޚިދުމަތުގައި ބައިވެރިނުވާ ފަރާތްތަކާއި ޤަވާއިދުން ފީ ނުދައްކާ ކުނި އުކާލާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލަށް އެންގުން.
  10. ކުނިކޮށްޓާއި ކުނިކޮށީގައި ހުންނަ އެންމެހާ ވަސީލަތްތައް ބަލަހައްޓަމުން ގެންދިޔުމާއި ކުނިކޮށީގައި ބޭނުންކުރާ ވަސީލަތްތަކާއި މެޝިނަރީސް އަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އެންގުމާއި ކުނިކޮށި ބެލެހެއްޓުމަށްޓަކައި ބޭނުންވާ ވަސީލަތްތަކުގެ މަޢުލޫމާތު ކައުންސިލް އިދާރާއަށް ހުށަހަޅަމުން ގެންދިޔުން.
  11. ކުނިކޮށްޓަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުގައި ވިނަ / ގަސްފަޅައި ބޯވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
  12. ޕެސްޓް ކޮންޓްރޯލް ކުރުމުގައި އެހީތެރިވުން.
  13. މަސައްކަތްތައް ފުރިހަމަގޮތުގައި ކުރުމަށް ކުނިކޮށީގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއިއެކު ކުނިކޮށި ސާފުކޮށް ބެލެހެއްޓުމަށް އެކުވެރިކަމާއިއެކު މަސައްކަތް ކުރުން.
  14. މީގެ އިތުރުންވެސް ކުނިމެނޭޖްކުރުމާއިގުޅޭ ކަންކަމުގައި ކައުންސިލަށް އެއްބާރުލުން ދިނުން.
  15. ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުންރާވާ އެކިއެކި ކަންކަމުގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢްލީމާއި ތަމްރީން.
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ.
  • ލިބިފައިވާ ހުނަރު.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 25 ޖޫން 2024 އާއި 27 ޖޫން 2024 އާ ދެމެދު، ދ.މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ދ.މާއެނބޫދޫ ކައުންސިލްގެ އިދާރާއަށެވެ.

އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ފޯމް ލިބެންހުންނާނީ ރަސްމީގަޑީގައި، ދ،މާއެނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރުމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢްލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. މަސައްކަތު ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުއް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ އެއް.

 

މަޢްލޫމާތު ސާފްކުރުން

މި އިއްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760595 ނަންބަރަށެވެ. އީމެއިލްކުރައްވާނީ [email protected]  އަށެވެ.

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

10 ޖޫން 2024
ހޯދާ