ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސް ދޫކުރުން ހުއްޓާލުމާއި ގުޅޭ:

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ނަންބަރު 221-CCCS/2024/113 (30 ޖަނަވަރީ 2023 ) ސިޓީ އިން އަންގާފައިވަނީ ޤަވައިދުގެ ނަންބަރު 2009/05 ގެ ދަށުން ދޫކުރަމުން ދިޔަ ޒޯން ލައިސަންސް، ޤަވައިދުގެ ނަންބަރު R-102/2021 ވުޖޫދުވުމާ ގުޅިގެން އިދާރާއިން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސް ދޫކުރުން އުވާލާފައިވާކަމަށެވެ. އަދި މިހާރު ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން ޤަވައިދުގެ ނަންބަރު R-102/2021 ގައި ބަޔާންކުރާ އެއްގަމު ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް 3 މަސްދުވަހުގެ މުއްދަތު  (25 މޭ 2024 އިން 24 އޯގަސްޓް 2024 އަށް) އެފަރާތްތަކަށް އަރުވާކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ.

އަދި ހަމަ އެހެންމެ، މިހާރު ޒޯންލައިސަންސް ނަގާފައިވާ ފަރާތްތަކުން 2024 އޮގަސްޓް 24 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު ދުއްވާ އުނޅަދު ދުއްވުމުގެ ލައިސަންސް ނެގުމަށް ދަންނަވަމެވެ. އަދި މިހާރު ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން އެ ލައިސަންސް ބޭނުންކޮށްގެން އެޒޯނެއްގައި ދުއްވޭނީ 2024 އޯގަސްޓް 24 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ.

 

                        

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއި އިޢުލާން ކުރީމެވެ.

10 ޖޫން 2024
ހޯދާ