މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ އިލެކްޓްރީޝަން ކޯހަށް ބޭނުންވާ މެޓީރިއަލްސް ސަޕްލައި ކޮށްދިނުން ތަކެތި ހޯދުމަށް އަލުން އިއުލާން ކުރުން

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގާ އިލެކްޓްރީޝަން ކޯހަށް ބޭނުންވާ މެޓީރިއަލްސް ސަޕްލައި ކޮށްދިނުން ތަކެތި ހޯދުމަށް އަލުން އިއުލާން ކުރުން

މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާހާ އިލެކްޓްރީޝަން ކޯހަށް ބޭނުންވާ މެޓީރިއަލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)213-PR/213/2024/22 އިޢުލާންއާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާތީ އެ އަންދާސީ ހިސާބުތައް ބާތިލްކޮށް އެތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިތަކެތި ސަޕްލައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް ބޭނުން ކުރައްވައިގެން ރަޖިސްޓްރީ 2024 ޖޫން 26ވާ ދުވަހުގެ 14.00ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

https://docs.google.com/forms/d/e/1FAIpQLSfgIaGK9KFkfYAqxj3OvpEgpmdoCheNQ5XEHC8qT_ksg4AP0A/viewform?usp=pp_url

 

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2024 ޖޫން 27ވާ ބުރާސްފަތި ދުވަހުގެ  ދުވަހުގެ 13.00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ބީލަން ހުށަހެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 09ވާ އަންގާރަ ދުވަހުގެ 13.00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13.00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރައްވާފަރާތް ތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރިދާސް އެޓޭޗްކުރެވިފައި ވާނެއެވެ

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅަން ވާނެއެވެ. (ސީ.ޑީ/ޕެންޑުރައިވް.)

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2024 ޖޫން 25 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3002572 އާއި ގުޅުއްވުން އެދެމެވެ.

10 ޖޫން 2024
ހޯދާ