ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ - އިލެކްޓްރިކަލް

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ - އިލެކްޓްރިކަލް

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/10,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އިންޖިނިއަރިންގ ނުވަތަ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

 • ގްރޭޓަރ މާލެ ހައި ވޯލްޓޭޖް ޓްރާންސްމިޝަން ގްރިޑު ވިއުގަ ދެމެހެއްޓުމަށް ކުރަންޖެހޭ ޕްލޭނިން މަސައްކަތް ކުރުމާއި، ގްރިޑް ލޯޑު މެނޭޖްކުރުމާއި، އެ ވިއުގައަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، އެވިއުގަ ތެރޭގައި އެކުލެވޭ މެޝިނަރީއާއި އިކްއިޕްމަންޓްތައް މަރާމާތުކުރުމުގެ މަސައްކަތް ރާވައި އަމަލީ މަސައްކަތް ކުރުން.
 • މާލެ އަދި ހުޅުމާލޭގެ ލޯ ވޯލްޓޭޖް އަދި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ވިއުގަ ދެމެހެއްޓުމަށް ކުރަންޖެހޭ ޕްލޭނިން މަސައްކަތް ކުރުމާއި، އެ ވިއުގައަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، އެވިއުގަ ތެރޭގައި އެކުލެވޭ މެޝިނަރީއާއި އިކްއިޕްމަންޓްތައް މަރާމާތުކުރުމުގެ މަސައްކަތް ރާވައި އަމަލީ މަސައްކަތް ކުރުން.
 • އަތޮޅުތެރޭގެ އިންޖީނުގެތަކުގެ ޑިސްޓްރިބިއުޝަން ވިއުގަ ދެމެހެއްޓުމަށް ކުރަންޖެހޭ ޕްލޭނިން މަސައްކަތް ކުރުމާއި، އެ ވިއުގެތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، އެވިއުގަތަކުގެ ތެރޭގައި އެކުލެވޭ މެޝިނަރީއާއި އިކްއިޕްމަންޓްތައް މަރާމާތުކުރުމުގެ މަސައްކަތް ރާވައި ހިންގުން.
 • ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމުގެ ހަރުދަނާ އުޞޫލްތައް ކަނޑައަޅުމާއި، އަދި ޑިޕާރޓްމަންޓާއި ގުޅުންހުރި ދާއިރާ ތަކުގައި މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފުންނަށް އެ އުސޫލުތަކާއި އެއްގޮތަށް އެމަސައްކަތްތަށް ކުރާނެ ގޮތުގެ ތަމްރީނު ދިނުން.
 • ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށާއި، ސްޕެއަރ ގޮތުގައި ބޭނުންވާ ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަން ހެދުމާއި އެތަކެތި ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަށް އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން ކުރުން.
 • ހަވާލުކުރެވޭ މައިގަނޑު މަސައްކަތު ޔުނިޓު ގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެނަމަ ވީ އެންމެ އަވަހަކަށް ކޮންޓްރޯލް ސެންޓަރަށް ޙާޟިރުވެ އެމައްސަލަ ހައްލުކުރުމަށް އެހީތެރިވުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

13 ޖޫން 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 13 ޖޫން 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

 1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
 2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
 4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

 • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
 • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
 • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

04 ޛުލްޙިއްޖާ 1445

10 ޖޫން 2024

10 ޖޫން 2024
ހޯދާ