ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށިން ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކާ ބެހޭ

ތިލަފުށިން ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކާއެކު ސޮއިކުރެވިފައިވާ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން، އެއްބަސްވުމުގައާއި މިކޯޕަރޭޝަނާ ހިއްސާ ކޮށްފައިވާ އެޑްރެހަށް ސިޓީ ފޮނުވައިގެންވެސް މިފަރާތްތަކާ ގުޅޭގޮތް ވަނީ ނުވެފައެވެ. މީގެއިތުރުންވެސް، އެފަރާތްތަކާ މުޢާމަލާތުކުރުމަށް އެކިގޮތްގޮތުން ކުރެވުނު މަސައްކަތުންވެސް އެކަން ކާމިޔާބުވާގޮތްވަނީ ނުވެފައެވެ.

މިކޯޕަރޭޝަނުގެ ފަރާތުން މިފަރާތްތަކާ ގުޅުމަށްޓަކައި މަސައްކަތް މިކުރަމުންދަނީ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ކަންކަން ތަންފީޒުކުރުމައްޓަކައި ކަމުން އެކަންކަން ފުރިހަމަނުކޮށް އިތުރަށް ލަސްވެއްޖެނަމަ މިފަރާތްތަކުގެ މަޞްލަޙަތަށް އުނިކަމެއް އަތުވެދާނެކަމުގައި ދަންނަވަމެވެ. މިހެންކަމުން، ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތައް 19 މޭ 2015 ގެ 12:00 ގެ ކުރިން މިކޯޕަރޭޝަނަށް ވަޑައިގެންދެއްވުމަށް އެދެމެވެ.  

ޕްލޮޓް ނަންބަރު އެޑްރެސް ނަން

 

187

 

ރައިކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

01

S8-015

ހ.ގޯލްޑް ވިލެޖް، 1 ވަނަ ފަންގިފިލާ، ސޯސަންމަގު

އެމް.އެސް ނަސާހު އެންޓަރޕްރައިޒަސް

02

S8-024

ގަބާނާ، ހުޅުމާލެ

އޯޝަން ބްރިލިއަންޓް ސީފުޑް އިންޓަރނެޝިނަލް ޕްރައިވެޓް ލިމިޓެޑް

03

4

 

ސާ ކޮންސްޓްރަކްޝަން ޕްރައިވޓް ލިމިޓެޑް

04

S5-026

ބ.ތުޅާދޫ، އަތަގަސްދޮށުގެ

މުޙައްމަދު އާމިރު

05

25 ރަޖަބު 1436

14 މޭ 2015
ހޯދާ