ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS-26/IUL/2024/21
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަރުކަޒުގެ ލެބޯޓްރީ ކަބަޑު ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެ
ލެބޯޓްރީ ކަބަޑު ތައްޔާރުކޮށް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2024/18 (22 މޭ 2024)އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުވެފައިވާތީ، މަޢުލޫމާތުތަކަށް ބަދަލުތަކެއް ގެނައުމަށްޓަކައި އެ ބީލަންތައް ބާތިލުކޮށް 2 ވަނަ ފަހަރަށް މި މަސައްކަތް ކުރުމަށް ބީލަން (ޕްރޮޕޯސަލް) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ތާވަލާއި އެއްގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
26 ޖޫން 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް މި ސްކޫލަށް ދުރުވެ ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. - ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ. |
2 |
މަޢުލޫމާތު ސާފުކުރުން |
މަޢުލޫމާތު ސާފުކުރުން އޮންނާނީ 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ. |
3 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ. ( ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.) |
ބީލަމުގައި ރަޖިސްޓްރީނުވާ އަދި އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބީލަން ހުށައެޅުމަށް ބައިވެރިއެއް ނުވެވޭނެއެވެ. މި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 26 ޖޫން 2024 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ސުކޫލަށް ހާޒިރުވެ ނުވަތަ 9972577 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
10 ޖޫން 2024