ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                    ކައުންސެލަރ

މަޤާމުގެ ރޭންކް:               އެމް. އެސް. 1

މަޤާމުގެ ނަންބަރު:              188-OD/22/2015/54

މަޤާމުގެ ކްލެސިފިކޭޝަން:          ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:               1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:   ކ. އަތޮޅު ތަޢުލީމީ މަރުކަޒު، ކ. ތުލުސްދޫ

މުސާރަ:                   މަހަކު -/5،610 ރުފިޔާ   

ސަރވިސް އެލަވަންސް:           މަހަކު -/2،000 ރުފިޔާ 

އިތުރުގަޑީގެ ފައިސާ:             އިތުރަށް ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު               

ކައުންސެލަރެއްގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް. އެސް. 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، ޖީ. އެސް. 4 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  5. މަޤާމުގެ  މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  އެމް. އެސް. 1 ގެ  ރޭންކާ ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ  މަޤާމެއްގައި،  މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއެއްގައި  3 އަހަރުދުވަހު  އުޅެ  ތަޖުރިބާ ލިބިފައިވުން،  ނުވަތަ  މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއެއްގެ  އެ  ފެންވަރުގެ  މަޤާމެއްގައި  މަސައްކަތްކުރަމުންދާ  މީހެއްކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އަޚުލާޤީ މައްސަލަތައް ދިމާވާ ދަރިވަރުންގެ އެންމެހައި މައްސަލަތައް ޒިންމާދާރުކަމާއެކު ބެލުމާއި، އެ ދަރިވަރުންނަށް ކައުންސެލިން ދޭންޖެހިއްޖެ ޙާލަތެއްގައި ކައުންސެލިންގދީ، އަމާނާތްތެރިކަމާއެކު ރިކޯޑުތައް ބެލެހެއްޓުން.
  2. ކައުންސެލިން ދޭ ދަރިވަރުންނާ މުޚާޠަބުކުރާއިރު އޯގާތެރިކަމާއެކު މުޚާޠަބުކުރުމާއި، އެކުދންގެ މައްސަލަތައް ދެނެގަތުން.
  3. އަޚްލާޤީ މައްސަލަތައް ހުންނަ ދަރިވަރުންނަށް ކައުންސެލިންގ ދިނުމުގައި ބައްދަލްކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުން.
  4. ކައުންސެލިން ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލްކޮށް ދަރިވަރާބެހޭގޮތުން މަޢުލޫމާތުހޯދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށްވެސް ކައުންސެލިންގ ދޭންޖެހިއްޖެ ޙާލަތެއްގައި އެކަން ކުރުން.
  5. ހަފުތާގެ މައްސަލަތައް ޑެޕިއުޓީ ޕްރިންސިޕަލް އެޑްމިނިސްޓްރޭޝަނާ ހިއްސާކުރުން.
  6. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:

  • ރީތި ބަހުން މުޢާމަލާތުކުރަން އެނގުން.
  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރަށް ބަލައިގެން.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައިގެން.
  • ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އެކްރެޑިޓްކޮށް އެޓެސްޓުކުރެވިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 މޭ 19 ވާ އަންގާރަދުވަހުގެ މެންދުރު 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

ވަޒީފާއަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝަރުޠުހަމަވާ، އެންމެ ޤާބިލު ފަރާތް ހޮވުމަށް ބޭއްވޭ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއުއަށް ހާޒިރުރުވާންޖެހޭ ގަޑި، އެއްދުވަސް ކުރިން އެންގޭނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30 ން މެންދުރުފަހު 2:30 އަށް މި މި މަރުކަޒަށް ހާޒިރުވެގެން ނުވަތަ މަރުކަޒުގެ 6640095 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. ފޯނު ނަންބަރަކީ 6640095 އެވެ. ފެކްސް ނަންބަރަކީ 6640095 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

23 ރަޖަބު 1436

12 މޭ 2015
ހޯދާ