ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތ. ވޭމަންޑޫ ކައުންސިލް އިދާރާ މަރާމާތުކުރުން

ތ. ވޭމަންޑޫ ކައުންސިލް އިދާރާ މަރާމާތުކުރުން

މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ތ. ވޭމަންޑޫ ކައުންސިލް އިދާރާ މަރާމާތުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ކުރި އިޢުލާނު IUL)221-PP/221/2015/24) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ތ. ވޭމަންޑޫ ކައުންސިލް އިދާރާ މަރާމާތުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލު އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 އަށް ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލު އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ