މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ލީޑް ސޯޝަލް ސަރވިސް ވަރކަރ

އިޢުލާނު

 

 

މަޤާމު:

ލީޑް ސޯޝަލް ސަރވިސް ވަރކަރ

މަޤާމުގެ ނަންބަރު:

J-386050          

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ހުޅުމާލެ

ޑިޕާޓްމަންޓް:

ޖެންޑަރ އެފައަރސް ޑިޕާޓްމަންޓް

މުސާރަ:

 16,319.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

7,615.00 ރުފިޔާ

ހާޒިރީ ޢިނާޔަތް

ހާޒިރުވާ ދުވަހަކަށް 206.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތެއް ރާވާއި ހިންގައި ބެލެހެއްޓުން.
  • ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހެދުމާއި، ކަމާގުޅުންހުރި ޤާނޫނުތައް މުރާޖަޢާކުރުން.
  • އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެޙައްޤުތަކަށް ހުރަސްއެޅޭ އާމައްސަލަތަކާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ވަކި ޖިންސަކަށްވީތީ ނުވަތަ އަންހެނަކަށްވީތީ ކުރާ އަނިޔާތައް ހުއްޓުވުމާ ގުޅޭގޮތުން (އިމާޖިން އިޝޫސް) މިހާރު ހުރި މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ ދާއިރާތަކާއެކު، ގުޅިގެން މަސައްކަތްކުރުން.
  • ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގުޅުންހުރި ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހަރުދަނާކުރުމާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގުޅުންހުރި ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
  • ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާގުޅޭ ހޭލުންތެރިކުރުވުގެ ޕްރޮގްރާމްތައް މަދަނީ ޖަމާޢަތްތަކާ ގުޅިގެން ހިންގުމާއި މަޢުލޫމާތު ދިނުން.
  •  އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުންފަދަ ނޭދެވޭ ޢަމަލުތައް ނައްތާލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތަޅު/ރަށު ފެންވަރުގައި ހިންގުމަށް ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މަސައްކަތްތައް ކުރަން އެފްސީއެސްސީތަކަށް އެހީތެރިވުން.
  • އަތޮޅުތަކުގެ ތަރައްޤީގެ ކަންކަމުގަ އަންހެނުންގެ ހިއްސާ އިތުރުކުރުމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ހިންގައި މަޢުލޫމާތު ދިނުން.
  • އަތޮޅުތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތުގައި ހަރުދަނާކޮށް ހިންގުމަށް އެފްސީއެސްސީތަކަށް ލަފާދީ އެހީތެރިވެދިނުން.
  • ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ޑިޕާރޓްމަންޓާ ގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑު އަދި އެސްއޯޕީ ހަދައި އިޞްލާޙުކުރުމުގެ މަސައްކަތުގައި ޕީޕއެމްއާރްޑީ އަށް އެހީތެރިވެދީ ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ބާރުވެރިކުރުމަށް ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެފްސީއެސްސީތަކަށް ލަފާދީ އެހީތެރިވެދިނުމާއި އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން.
  • އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ރާވާ ހިންގުމާއި، އެހެންދާއިރާ ތަކާއެކު ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުމާއި، މޮނިޓަރ ކުރުން.
  • އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުމާއި ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ އަންހެނުން އިތުރުކު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  • ކައުންސިލް ފޮރ އިކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން (ސީވް) ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި ސީވްގެ ބައްދަލުވުންތައް ބޭއްވުމާއި، ބައްދަލުވުމުގެ ޔައުމިއްޔާ ނެގުމާއި ބައްދަލުވުންތަކުގައި ނިންމާ ނިންމުން ތަންފީޒުކުރުމާއި ސީވްގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުއް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ހުރިހާ ދާއިރާ ތަކެއްގެ ސަމާލުކަމަށް ގެނައުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް  
  • އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން  
  • ބިހޭވިއަރަލް ހެލްތް ސައިންސް  
  • ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން  
  • ޗައިލްޑް އެންޑް ކޮމިއުނިޓީ  
  • ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް  
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް  
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ  
  • ޗައިލްޑް ވެލްފެއަރ ވަރކް  
  • ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް  
  • ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް  
  • ކައުންސެލިންގ  
  • އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް  
  • ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް  
  • ފެމިލީ ސްޓަޑީޒް  
  • ފެމިލީ ތެރެރަޕީ  
  • ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް  
  • ޖުވެނައިލް ޖަސްޓިސް  
  • މެރިއޭޖް އެންޑް ފެމިލީ  
  • މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް  
  • މެރޭޖް އެންޑް ފެމިލީ ތެރެޕީ  
  • ސައިކޮލޮޖީ  
  • ސޯޝަލް ސަރވިސަސް  
  • ސޯޝަލް ވޯރކް  
  • ސޯޝިއޮލޮޖީ  
  • ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް  

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް،

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖޫން 2024 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] )މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 24 ޖޫން 2024 އާއި 15 ޖުލައި 2024 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  2 ވަނަ ފަންގިފިލާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

   3 ޛުލްޙިއްޖާ 1445

09 ޖޫން 2024

 

 

09 ޖޫން 2024
ހޯދާ