މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބަންދުކުރާ ބޯޑުތަކެއް ހަދައިދޭނޭ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި 12 މަގުބަންދުކުރާ ބޯޑު ހެދުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 2024 ޖުލައި 15 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް ފޯމު އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވުމަށް ފޯމް ނަންގަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެއެވެ.  އަދި ދަންނަވަމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ތަފްސީލު

ތާރީޚް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

15.07.2024

13:15

ޕްރީ ބިޑް މީޓިންގ (މަޢުލޫމާތު ސެޝަން)

17.07.2024

10:00

ބިޑް ހުށަހެޅުން

22.07.2024

13:15

އީމެއިލް                                                                [email protected]

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އާއި ދެމެދު 6540049 ގުޅުއްވުމަށް ދަންނަވަމެވެ.

04 ޖޫން 2024
ހޯދާ