މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢަމަލު މިސްކިތުގެ ލަކުޑި ކުޑަދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުން

މ.މަޑުއްވަރީ މަސްޖިދުލް ޢަމަލު މިސްކިތުގައިހުރި ލަކުޑި ކުޑަދޮރުތައް ބަދަލުކުރުމަށް ބޭނުންވާ 10 އެލްމެނިއަމް ކުޑަދޮރު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު 369/IUL/2015/24ފ( 2015/4/27 ) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 21 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މ.މަޑުއްވަރީ ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައާއި، އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގެއާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ކޮޕީ ނޫނީ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މާރކްސް ދިނުމުގައި އަންދާސީ ހިސާބުތައް އެވުލުއޭޓް ކުރާކޮމިޓީން ބަލާނެ މިންގަނޑު

  1. އެންމެ ކުޑައަގަށް :  %75
  2. މަސައްކަތް ނިންމައިދޭނެ އެންމެކުރު މުއްދަތަށް: % 15
  3. ފަންނީ ގޮތުން ޤާބިލުކަން ހުރި މިންވަރަށް: %5
  4. ތަޖުރިބާއަށް: %5                                     

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23 ރަޖަބު 1436      

12 މޭ 2015
ހޯދާ