ދިވެހިރާއްޖެ
ނަންބަރ: ASND/GA/IUL/2024/25
މިކުންފުނީގެ ބޭނުމަށް ލީގަލް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެެއްޖެއެވެ. މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް (TOR) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ބީލަމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަ ނަމާއި، ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.
26 ޖޫން 2024 ވާ ބުދަ ދުވަހުގެ 11:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483