މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ހުނަވަރު ޕްރޮގްރާމް

ހުނަވަރު ޕްރޮގްރާމް

 މި ކުންފުނީގެ ހުނަވަރު ޕްރޮގާރާމްގެ ދަށުން ތަމްރީންކުރުމަށް ކަނޑައަޅާފައިވާ، ތިރީގައި މިދަންނަވާ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވެލްޑަރ / މެރިން މެކޭނިކް / އިލެކްޓްރީޝަން / ފައިބަރގްލާސް ޓެކްނީޝަން / މެޝިނިސްޓް / ހެވީވެހިކަލް އޮޕަރޭޓަރ / އޮޓޯމޮބައިލް އިލެކްޓްރީޝަން / ހައިޑްޜޯލިކް މެކޭނިކް / ޓިންކަރ / ޓަގް އޮޕަޜޭޓަރ / ޑޮރޭޖް އޮޕަރޭޓަރ / ޑްރެޖް މެކޭނިކް

 

އިނާޔަތް:

  • 5000.00ރ. (މަހަކު)

ރަސްމީ މަސައްކަތު ގަޑި

  • ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • މަގާމާއި ގުޅޭ ދާއިރާއަކުން ތައުލީމް ހާސިލްކުރަމުންދާ ފަރާތަކަށްވުން ނުވަތަ
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި ، އައު ހުނަރު ދަސްކުރުމަށް ޝައުގުވެރިކަން ހުރުން

ޕްރޮގްރާމް މުއްދަތު

  • 03 މަސް

ތަމްރީން ކުރެވޭ ތަން:

  • ކުންފުނިން ކަނޑައަޅާ ތަނެއްގައި

 

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަންގެ ހުނަވަރު ޕޯޓަލް މެދުވެރިކޮށް 11 މެއި 2024 ވަނަ ދުވަހުގެ 23:59  ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • ޝޯޓްލިސްޓް ކުރުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ (ހުށަހަޅާފައިވާ ލިޔެކިއުންތައް) އަށް ބަލައި ސްކޯކުރެވޭނެއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ހިނގަމުންދާ ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
06 ޖޫން 2024
ހޯދާ