ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

އިޢުލާނު

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން          

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން، އަމީނީ މަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގައި 2024  ޖޫން 24  ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2024 ޖޫން 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2024 ޖޫން 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ،  3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ޛުލްޤަޢިދާ 1445

06 ޖޫން 2024
ހޯދާ