ދިވެހިރާއްޖެ
އިޢުލާން
މިކުންފުނިން ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށުގެ ފެނުގެ ނިޒާމަށް ހައުސް ކަނެކްޝަން ގުޅާއިރު، ބިމުގެ ފެނާއި މިކުންފުނިން ފޯރުކޮށްދޭ ފެން އެކުވާގޮތަށް ކަނެކްޝަން ހަދަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަމަކީ ޤާނޫނު ނަންބަރު: 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) 22 ވަނަ މާއްދާގެ "ށ" ގެ ދަށުން ހުއްދަކުރާ ކަމެއް ނޫނެވެ.
މިކުންފުނިން ފޯރުކޮށްދެމުން ގެންދާ ފެނުގެ ޚިދުމަތަކީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޓެސްޓް ކުރެވިގެން ފޯރުކޮށްދެވޭ ޚިދުމަތަކަށް ވުމުން، މި ނިޒާމުގެ ތެރެއަށް އިތުރު އެއްވެސް ފެނެއް އެއްކުރެވޭ ނަމަ، އެކަމުގެ ސަބަބުން ފެން ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ބޭނުންކުރާ ހުރިހާ ރައްޔިތުން ޞިއްޙީ ނުރައްކާތެރި ކަމެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުޞަތު ވަރަށް ބޮޑު ވާނެއެވެ.
އެހެންކަމުން، އެހެނިހެން ގޮތްގޮތުން އުފައްދާފެން މިކުންފުނީގެ ފެނުގެ ނިޒާމާއި އެއް ނުކުރުމަށް (ކްރޮސްކަނެކްޝަން ނުހެދުމަށް) އެންމެހާ ކަސްޓަމަރުންގެ ސަމާލުކަމަށް ދަންނަވަމެވެ. އަދި މިގޮތަށް ކަނެކްޝަން ހަދާފައިވާ ތަންތަނުން މިއަދުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މިކަން ރަނގަޅު ކުރުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި މިކަން ރަގަޅު ނުކުރާ ފަރާތްތަކާ މެދު ހަމަޖެހިފައިވާ އުޞޫލުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.
29 ޛުލްޤަޢިދާ 1445
06 ޖޫން 2024