ދިވެހިރާއްޖެ
އިޢުލާން
ކައުންސިލްގެ އެކި ބޭނުންތަކަށް މަގުކޮނުން:
ފ. މަގޫދޫ މަގުބައްތިތަކުގެ މަސައްކަތް ކުރުމަށް ބޭނުންވާ އެންމެހާ މަގުކޮނުމާއި އަދި ކައުންސިލް އިދާރާއިން އަންގާ މަގެއް ކޮނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން: |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވާ ފޮނުވަންވާނެއެވެ. https://forms.fillout.com/t/sUnXUzMWobus ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. |
ބިޑް ރަޖިސްޓްރީ ފީ |
ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން ލިޔަންވާނެއެވެ. އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ އެކައުންޓް ނަންބަރ: 7730000042894 |
ޕްރީ ބިޑް މީޓިންގް |
25 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގައި، ފ. މަގޫދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. |
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން: |
ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 27 ޖޫން 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮން ބީލަން / ޕްރޮޕޯސަލް ފޮނުވިދާނެއެވެ. އީމެއިލް މެދުވެރިކޮށް ބިޑް ފޮނުވާނީ [email protected] އަށް، ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހުމަށް ފަހު ބިޑް ޑޮކިއުމެންޓްގައިވާ އެއްމެހާ ތަކެތި އީމެއިލްގައި އެޓޭޗް ކުރުމަށް ފަހުއެވެ. ނުވަތަ 27 ޖޫން 2024 ވަނަ ދުވަހުގެ ބީލަން / ޕްރޮޕޯސަލް ކެނޑުމަށް ހަމަޖެހިފައިވާ ގަޑި، 12:00 ގައި މި އިދާރާއަށް ވަޑައިގެން ބީލަން / ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ. |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.
މި އިދާރާއަށް ދުރުވެ ހުށައަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ކައުންސިލްގެ އެކި ބޭނުންތަކަށް މަގުކޮނުން/ (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
30 ޛުލްޤަޢިދާ 1445
6 ޖޫން 2024