އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދ. ކުޑަހުވަދޫ ކައުންސިލް ރައީސް، މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އަދި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަން ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން

(IUL)38-DC/38/2024/396: ނަންބަރު

އިޢުލާން

ދ.ކުޑަހުވަދޫ ކައުންސިލް ރައީސް، މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު އަދި ލ.ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަން

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން

2024 ޖޫން 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލް ރައީސް، މ.މުލައް އަދި ލ.ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 2024 ޖޫން 9 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރު 14:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ މައި އިދާރާގަ (ޕީ.އޭ ކޮމްޕްލެކްސް) ގައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މަތީގައި ދެންނެވިފައިވާ ގޮތަށް ދ.ކުޑަހުވަދޫ ކައުންސިލް ރައީސް، މ.މުލައް އަދި ލ.ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކޮށްދެއްވުމަށް ވަޑައިގަތުމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ

06 ޖޫން 2024
ހޯދާ