ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ބަހުގެ އޭސީ މަރާމާތު ކުރުން

މިސުކޫލްގެ 2 ބަހުގެ އޭސީތައް އަމިއްލަތަކެޓީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2024 ވާ އަންގާރަ  ދުވަހުގެ 13:00ގެ ކުރިން އެޓޭޗްކުރެވިފައިވާ  ލިންކް މެދުވެރިކޮށް  ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރި ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ރަޖިސްޓްރީ ވާ ފަރާތުގެ ނަން
  2. ރެޖިސްޓްރީ ނަންބަރ 
  3. އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ

އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:30ގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކެނދިކުޅުދޫ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ކަރުދާހެއް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 13:00 އާއި ދެމެދު 9120545 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނަމަ [email protected]  ށް މެއިލް ކުރެއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކު    https://forms.gle/vbJSEmsehRP8g26J9     

06 ޖޫން 2024
ހޯދާ