ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވީޑިއޯ އެޑިޓަރ

މަޤާމް :ވީޑިއޯ އެޑިޓަރ
ބޭނުންވާ އަދަދު :1

(IUL)PSM-HR/PSM/2024/199

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ވީޑިއޯ އެޑިޓަރ

މަޤާމުގެ ރޭންކް

L9 – F6 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް:

ނިވްސް އެންޑް ކަރަންޓް އެފެއާރޒް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/7,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވި އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން ސީ ގްރޭޑް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކޮމްޕިއުޓަރުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރަނގަޅަށް ކުރަން އެނގުން.
  • ވީޑިއޯ އެޑިޓްކުރަން ބޭނުންކުރާ ސޮފްޓްވެއަރތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.
  • އޯޑިއޯ / ވީޑިއޯ މެޓީރިއަލްސް އެޑިޓް ކުރުމުގެ ހުނަރު ހުރުން.
  • ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ވިޑިއޯ މެޓިރިއަލް ޖަރނަލިސްޓް / އެޑިޓަރ ބޭނުންވާ ގޮތަށް އެޑިޓް ކުރަން އެނގުން.
  • ދިވެހި / އިނގިރޭސިން ލިޔެފައި ހުންނަ ތަކެތި ރަނގަޅަށް ކިޔަން އެނގުން އަދި އިނގިރޭސިން ވާހަކަ ދައްކަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޚަބަރާއި ޕްރޮގްރާމަށް ކޮންޓެންޓް މޭކަރ ބޭނުންވާ މެޓީރިއަލްސް ކޮންޓެންޓްމޭކަރ ބޭނުންވާ ގޮތަށް އަދި ލިބިފަހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަގަޅަށް އެޑިޓްކުރުން.
  • އެޑިޓް ކުރެވުނު ވީޑިއޯގައި އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމަށްޓަކައި ޖަރނަލިސްޓް ނުވަތަ އެޑިޓަރ ބޭނުންވެއްޖެ ހާލަތެއްގައި ރިވިއުކޮށްދިނުން.
  • އެޑިޓް ކުރެވުނު ވީޑިއޯ ވީ އެންމެ އަވަހަށް ޓޭޕަށް އެޅުން ނުވަތަ އޮންއެއަރ އަށް ފޮނުވުން.
  • ކޮންޓެންޓް މޭކަރ ބޭނުންވާ ގޮތަށް ރިޕޯޓްތަކާއި ޕްރޮގްރާމްތައް ހެދުން.
  • ޚަބަރާއި ޕްރޮގްރާމްތަކުގައި ބޭނުންކުރާ ރޯ މެޓީރިއަލްސް އަރކައިވް ކުރުން.
  • ޚަބަރަށާއި ޕްރޮގްރާމްތަކަށް އެޑިޓްކުރާ ރިޕޯޓްތަކާއި ޕްރޮގްރާމްތައް ރަގަޅަށް ލޭބަލްކޮށް އާކައިވް ކުރުން.
  • ޚަބަރާއި ޕްރޮގްރާމް އެޑިޓްކުރުމަށް ބޭނުންކުރާ ސިސްޓަމްތަކަށް އަޅާ ޑޭޓާތައް އޮންނަ އުޞޫލެއްގެ ދަށުން ފޮހެމުން ގެންދިއުން.
  • ލައިވްކުރާ އެކި އިވެންޓްތައް ލައިވް އިންޖަސްޓް ކުރާ ސިސްޓަމް އަށް ކޮންޓެންޓް މޭކަރ ބުނާ ގަޑިއެއްގައި ރެކޯޑްކުރުމާއި، ގަވާއިދުން އެސިސްޓަމްގެ ޑްރައިވް ތަކުގެ ޖާގަ ހުސްކުރަމުން ގެންދިއުން.
  • ޚަބަރާ ޕްރޮގްރާމްތަކުން އޮންއެއަރ ކޮށް ނިމިފައި ހުރި ވީޑިއޯ ތައް އޮންއެއަރ ސިސްޓަމް ގަވައިދުން ފޮހެމުން ގެންދިއުން.
  • އެކި ފަރާތްތަކުން ރިކޯޑް ކުރުމަށް އަންނަ ކޮންޓެންޓް ރެކޯޑް ކޮށް ދިނުން.
  • އަލަށް ޓީމާ ގުޅޭ ޓެކްނީޝަނުންނަށް ފަންނި ޤާބިލްކަމުގެ ގޮތުން ތިމާގެ އެހީތެރިކަން ލިބިދެވިދާނެ ޓެކްނީޝަނުންނަށް ތަމްރީންދީ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ލިބިދިނުމާއި ކޯޕަރޭޝަނުން އެދިއްޖެ ޙާލަތެއްގައި، ކޯޕަރޭޝަނުން އެދޭ ބަޔަކަށް މި ރޮނގުން ކިޔަވައިދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 12 ޖޫން 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

  

06 ޖޫން 2024
ހޯދާ