މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާން ޚަތީބުންގެ ޕްރޮގްރާމް ހިންގުމާ ގުޅޭ

އިޢުލާން

ޒުވާން ޚަތީބުންގެ ޕްރޮގްރާމް ހިންގުމާ ގުޅޭ

މިކައުންސިލާއި އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާ ގުޅިގެން ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މިޕްރޮގްރާމް ހިންގުމަށް، ޒުވާން ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ 18 އަހަރުން ދަށުގެ ގްރޭޑް 10،11،12 ގައި ކިޔަވަމުން ގެންދާ އަދި ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންގެ ލިސްޓެއް އެކުލަވާލުމަށް ބޭނުންވެއެވެ.

ވީމާ، ޒުވާން ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިޔުންތައް ހުށަހަޅާ މިކައުންސިލްގެ އިދާރާގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ތަކެތި

¬    އައިޑީކާޑްގެ ސާފު ކޮޕީ

¬    ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

¬    ސުކޫލުގައި އުޅޭނަމަ ބެލެނިވެރިޔާގެ ލިޔުން

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       28 ޛުލްޤަޢިދާ 1445                          

05 ޖޫން 2024
ހޯދާ