މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސޯސިއޭޓް މެނޭޖަރ

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސީލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެސޯސިއޭޓް މެނޭޖަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ އެއިރޯޑްރޯމް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޜަން

ޝަރުޠު:

  • ދާއިރާ އާއި ގުޅޭ ގޮތުން ބެޗެލާސް ޑިގްރީ އެއް ހާސިލުކޮށްފައިވުން.
  • މި ދާއިރާއިން ނުވަތަ މެނޭޖްމެންޓް މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ނުވަތަ އޭވިއޭޝަން ދާއިރާގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ އެކި ހާލަތްތަކުގެ މައްސަލަތައް އުފެއްދުންތެރި ނަޒަރިއްޔާތަކުން ހައްލުކުރަން އެނގުން.
  • އިނގިރޭސި/ ދިވެހި ބަހުން މީހުންނާއި ރަސްމީ ލިޔެކިއުން ރަނގަޅަށް ފަރިތަކަމާ އެކު މުޢާމަލާތުކުރަން އެގުން.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/20,000 އާއި -/18,000 ރުފިޔާއާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި އެކަށައެޅުމުގައި ކޮލިޓީ މެނޭޖަރަށް އެހީތެރިވުން.
  • ކޮލިޓީ މެނޭޖްމަންޓާ ބެހޭ އެންމެހާ ލިޔެކިޔުންތައް މުތާލިޢާކޮށް ނިމިފައިވާނަމަ، ލަސްނުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކުންފުނީގައި ކުރެވޭ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓް ތަކުގައި އެހީތެރިވެ އެއްބާރުލުން ދިނުން.
  • ކުންފުނީގައި ހެދިފައިވާ ސަލާމަތީ ގަވާއިދުތަކާއި، ބައިނަލް އަޤުވާމީ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރޭތޯބެލުން.
  • ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްއާ ގުޅޭ އެންމެހާ ތަމްރީންތައް ރާވާ ހިންގުން.
  • ދަށުން މަސައްކަތްކުރާ މުވައްޒަފުން ޒިންމާދާރު ކުރުވާ، މަސައްކަތްތައް ބަލާ އިރުޝާދުދީ އެހީތެރިވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށައަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި : 18 މޭ 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

22 ރަޖަބު 1436 ހ  

10 އޭޕްރިލް 2015
ހޯދާ