ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށް

އިޢުލާން

 

      ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ރައްކާތެރިކޮށް، ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ހިތުދަސް ކުރުމާއި، ތަޖްވީދުމަގަށް ކިޔެވުމެގެ ފަންނު އާލާކޮށް ދިރުވައި، ރީތިކޮށް ކިޔެވުމުގެ އެކުވެރި ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް 29 ޖޫން 2024 ގައި ފެށުމަށް ވަނީ ހަމަ ޖެހިފައެވެ.

      އެގޮތުން މިއަހަރުގެ މި މުބާރާތް ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  10 ޖޫން 2024 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒަށް ޕްރޮޕޯސަލް ހެށަހެޅުއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ [email protected]  އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މަރުކަޒުގެ ނަންބަރު 3019300 އާއި ގުޅުއްވުން އެދެމެވެ.

 

05 ޖޫން 2024
ހޯދާ