ދިވެހިރާއްޖެ
އިޢުލާން
ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ރައްކާތެރިކޮށް، ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ހިތުދަސް ކުރުމާއި، ތަޖްވީދުމަގަށް ކިޔެވުމެގެ ފަންނު އާލާކޮށް ދިރުވައި، ރީތިކޮށް ކިޔެވުމުގެ އެކުވެރި ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް 29 ޖޫން 2024 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މީޑިއަރ ޕާރޓްނަރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، މިކަން ހިލޭ ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ޖޫން 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒަށް ޕްރޮޕޯސަލް ހެށަހެޅުއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މި މަރުކަޒުގެ ނަންބަރު 3019300 އާއި ގުޅުއްވުން އެދެމެވެ.