މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު – އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން

1. ރ.އިނގުރައިދޫ އިން އޮޑިދޯނިފަހަރު ބަނުމާއި ސިނާޢީ މަސައްކަތް ކުރުމަށް ކުލީ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

2. ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މައުލޫމާތު:

  •  ކުލީ ބިން 1 : 50x100 ފޫޓް (5000 އަކަފޫޓް)  (1 ބިން)
  •  ކުލީ ބިން 2: 140x80 ފޫޓް (11200 އަކަފޫޓް)  (1 ބިން)
  •  ބިން ދޫކުރާ މުއްދަތު: 10 (ދިހައެއް) އަހަރު ދުވަސް
  •  ބިމު ކުލި: އަކަފޫޓަކަށް 0.25ރ (ފަންސަވީސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.

3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ޖޫން 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

4. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ޖޫން 2024 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

5. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

6. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 02 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

7. ކުލީ ބިން 1 ކަށް ކުރިމަތިލާ ފަރާތްތަކަށް ކުލީ ބިން 2 ކަށް ކުރިމަތި ލެވިދާނެއެވެ.

 

8. ކުލީ ބިންތައް ހިމެނޭ ޗާޓް:

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

           ފޯނު ނަންބަރު: 6580028

          އީ-މެއިލް: [email protected]

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.      

05 ޖޫން 2024
ހޯދާ