ދިވެހިރާއްޖެ
މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ:
އެކި އެކި ބޭނުންތަކަށް ކައުންސިލުން ލިޔުން ދޫކުރުމާއި ގުޅޭ އުޞޫލުގައިވާ ގޮތުގެ މަތިން މަސައްކަތްތެރިއެއްކަން އަންގައިދޭ ލިޔުން ދޫކުރުމުގެ ކުރިން މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލަންޖެހޭތީ، 31 ޖުލައި 2024 ގެ ނިޔަލަށް މަސައްކަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. މަސައްކަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެކަމަށް ހާއްސަ ކޮށްފައިވާ ފޯމު ފުރުއްވުމަށްފަހު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރަށް ނުވަތަ މިއިދާރާގެ ރަސްމީ އީ-މެއިލް މެދުވެރިކޮށް ފޯމު ހުށައެޅުއްވުން އެދެމެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް މަސައްކަތްތެރިއެއްކަން އަންގައިދޭ ލިޔުން ދޫނުކުރެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.