ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް |
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: GS3 |
މުސާރަ |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
އެހެނިހެން އެލަވަންސާއި އުޖޫރަ |
1. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 3. ރިސްކު އެކުލެވޭ މަސައްކަތެއް ކުރާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެމަތިން ރިސްކު އެލެވެންސް |
||
މަސައްކަތް ކުރަންޖެހޭ ތަން |
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ |
||
ސެކްޝަން |
ޖެނެރަލް އެޑްމިނިސްޓްރޭޝަން |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ދައުލަތުގެ އެހީއަށްއެދި މި އެޖެންސީއަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ރެކޯޑުކުރުމާއި، ޗެކްކުރުމާއި، ޖަވާބު ދިނުން. ރާއްޖެއިން ބޭރުން ދައުލަތުގެ އެހީގައި ފަރުވާކުރުމަށް ހަމަޖައްސާމީހުންގެ ލިއުންތައް ފުރިހަމަކުރުމާއި، ބޭރުގެ ޑޮކްޓަރުންނާއި ނުވަތަ ހޮސްޕިޓަލްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް، ވެރިއެއްގެ އިރުޝާދުގެދަށުން ހިންގުމާއި ބެލެހެއްޓުން. - އިމަރޖެންސީ ޙާލަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުންގެ ލިއުންތައް ޗެކްކުރުމާއި، ބެލެހެއްޓުމާއި، ކަމާބެހޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް، ވެރިއެއްގެ އިރުޝާދުގެދަށުން ކުރުން. |
||
ތަޢުލީމާއި ތަޖުރިބާ |
|
||
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިއެޖެންސީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓުން (www.nspa.gov.mv ން) ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަޑި |
2015 މޭ 27 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން |
2015 ވަނަ އަހަރުގެ ޖޫންމަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ 3005323 ނަންބަރު ފޯނަށެވެ. |
||
23 ރަޖަބު 1436 |