ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ބައު ސާމާނު ނީލަންކިޔުން
ސ.ހިތަދޫ އަދި ސ.ހުޅުމީދޫ ގައި ހުރި މިކޯޕަރޭޝަންގެ ބައެއް ބައު ވެހިކަލް، ބައު ސްޕެއަރ ޕާރޓްސް، ބައު ފަރުނީޗަރ، ބައު ދަގަނޑު، އަދިވެސް އެހެނިހެން ބައެއް ބައު ސާމާނު ސިޓީލާ ނީލަމުގައި ވިއްކައިލުމަށް ބޭނުންވެގެން ކުރި ނަންބަރު: MRDC/IFB/2015/13 (ތާރީޚު:16 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 މޭ 2015 ވާ (ހޯމަ) ދުވަހުގެ 11:00 އަށް ސ.ހިތަދޫގައި ހުންނަ މިކޯޕަރޭޝަންގެ ސައިޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކޯޕަރޭޝަނުން އަގު ހުށައެޅުމަށް ހަމަޖައްސާ ތާރީޚެއްގައި އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3320657 960+ ، 9911606 960+
ފެކްސް ނަންބަރު: 3317133 960+
22 ރަޖަބު 1436